ގެސްޓު ހައުސްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ގޮހޮރުން 78 ޑުރަގް ބުލެޓް ފެނުނު: ފުލުހުން
ސަން
5 ޑިސެމްބަރު 2025 | ހުކުރު | 9:00
މި ނިމުނު ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ހުޅުމާލޭގެ ގެސްޓް ހައުސެއްގެ ކޮޓަރިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 78 ޑުރަގް ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ކޮޓަރިއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓުކުރީ އެ ދުވަހުގެ މެންދުރުފަހު 12:14 ހާއިރެވެ.
އިތުރު ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ އެއީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ. މިހާތަނަށް އެނގުނު ގޮތުގައި އެ މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެމްބަރު 26ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.