މިދިޔަ ދެ ދުވަހު ހުޅުމާލެއާއި މާލެއިން 100އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފި، ގިނައީ ދެފުރޮޅުލީ އުޅަނދުތައް

ސަން

5 ޑިސެމްބަރު 2025 | ހުކުރު | 9:43

މިދިޔަ ދެ ދުވަހު ހުޅުމާލެއާއި މާލެއިން 100 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފައިވާކަަަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެކަމަށް ޚާއްސަ އުޅަނދެއް މިހާރު ބޭނުންކުރަން ފަށާފައިވާއިރު، މިދިޔަ ދެ ދުވަހު މާލެއާއި ހުޅުމާލެއިން ޓޯކުރެވުނު އުޅަނދުގެ ތަފްސީލުތައް މިއަދު ވަނީ އާންމުކޮށްފައެވެ.

ޖުމުލަ 142 އުޅަނދު ވަނީ މިދިޔަ ބުދަ ދުވަހާއި އިއްޔެ ޓޯކޮށްފައެވެ. އެއީ، މާލެއިން ޓޯކުރި 91 އުޅަނދާއި ހުޅުމާލެއިން ޓޯކުރި 51 އުޅަނދެވެ.

މައުޟޫޢުތަށް