ސަރުކާރު ޖަވާބުދާރީ ކުރުވަން އާޒިމް ނުކުރައްވާ ކަމެއް ނެތް، ޕާޓީގެ ހުރިހާ ހަރަކާތެއްގައި އިސްކޮށް އާޒިމް އުޅުއްވި: ނިޔާޒް
ސަން
5 ޑިސެމްބަރު 2025 | ހުކުރު | 10:27
ސަރުކާރު ޖަވާބުދާރީ ކުރުވަން މާލޭގެ މޭޔަރު އާދަމް އާޒިމް ނުކުރައްވާ ކަމެއް ނެތް ކަމަށާއި ޕާޓީގެ ހުރިހާ ހަރަކާތްތަކުގައި އިސްކޮށް އާޒިމް އުޅުއްވި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެއެވެ.
މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމް އަންނަނީ، އިތުރު ދައުރަކަށް އެމްޑީޕީގެ ޓިކެޓު ހޯދަން ކެމްޕޭން ކުރައްވަމުންނެވެ.
އެ ކެމްޕެއިންގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ނިޔާޒް ވިދާޅުވީ، އާޒިމަށް ތާއިދުކުރައްވަނީ، އެމްޑީޕީ ދަތި ހާލުގައި އޮތް އިރު އެ ޕާޓީއާ އެކީ ހުރުމުން ކަމަށެވެ.