އަދާލަތު ޕާޓީ ލިސްޓުން އުނިވެ، އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް
ސަން
6 ޑިސެމްބަރު 2025 | ހޮނިހިރު | 11:29
އަންނަ އަހަރަށް ފާސްކުރި ބަޖެޓުން ފައިސާ ލިބެން ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ، ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.
މިއަދު އީސީން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 25ގައި އަންނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު، އެ ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ އެ ކޮމިޝަންގައި ރަޖިސްޓާކޮށްފައިވާ ހަތަރު ޕާޓީއެއްގެއެވެ.