ހަކުރާއި ކޮފީ ހިމެނޭ ގޮތަށް، ކާބޯތަކެތީގެ އަގު މިދިޔަ މަހު ވެސް އުފުލިއްޖެ
ސަން
6 ޑިސެމްބަރު 2025 | ހޮނިހިރު | 12:42
ހަކުރާއި ކޮފީ ހިމެނޭ ގޮތަށް، މިދިޔަ ނޮވެންބަރު މަހު ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާލޭގައި އަސާސީ ތަކެތީގެ އަގު އުފުލިއްޖެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، އަސާސީ ތަކެތީގެ އަގު މިދިޔަ މަހު ވަނީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހާ އަޅައިބަލާއިރު 0.73 ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް، އޮކްޓޫބަރު މަހު އަޅައިބަލާއިރު، އަސާސީ މުދަލުގެ އަގު ވަނީ 0.69 ޕަސެންޓް ދަށްވެފައެވެ.
މިދިޔަ އޮކްޓޫބަރު މަހު ވެސް، އަސާސީ ތަކެތީގެ އަގު ވަނީ، މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު އުފުލިފައެވެ. އެގޮތުން އޮކްޓޫބަރު މަހު އަގުތައް ވަނީ 2.6 ޕަސެންޓް އުފުލިފައެވެ.