ދަރިވަރުން ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން، ޔުނިފޯމް ބަދަލުކުރުމަކީ ބޭކާރު ޚަރަދެއް: ނަޝީދު
ސަން
6 ޑިސެމްބަރު 2025 | ހޮނިހިރު | 4:02
ދިވެހި ދަރިވަރުން މިހާރު ވެސް ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން ކަމަށާއި ޔުނިފޯމް ބަދަލުކުރުމަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ 2027 ވަނަ އަހަރުން ފެށިގެން، ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ބަދަލުގެންނަކަން އިއުލާންކޮށް، އުސޫލު އާންމުކޮށްފައެވެ.
އެ އުސޫލުގެ ދަށުން ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި، ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހެދުމާއި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ، ހަރުވާޅުލާން ޖެހުން ހިމެނެއެވެ.