އޮޅުވެލީގައި ސޯލާއެއް ބަހައްޓައިފި، އަމާޒަކީ 2030ގެ ކުރިން 50 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން
ސަން
6 ޑިސެމްބަރު 2025 | ހޮނިހިރު | 8:08
ޑީސަލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއް ޚިޔާރުކުރުމަށް ސަން ސިޔާމް އޮޅުވެލީގައި ސޯލާ ޕަވާ ޕްރޮޖެކްޓު މިއަދު އިފްތިތާހުކޮށް، ސޯލާއެއް ބަހައްޓައިފިއެވެ.
މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ، ސަން ސިޔާމް ގުރޫޕްގެ އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލްއާއި ހޭލީސް ސޯލާ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސީތް ޕްރެމާޓިލާކޭއެވެ.
އޮޅުވެލީގައި ބެހެއްޓި ސޯލާ ޕެނަލް ހުޅުވައިދެއްވަނީ -- ސަން ފޮޓޯ/ ހުސައިން ހާފިޒު