ސާވޭއެއް ފުރިހަމަކުރުމުން 30،000 ރުފިޔާ ދޭނެ ކަމަށް ބުނެ ފެނަކައިގެ ނަމުގައި ސްކޭމެއް ހިންގަނީ، ސަމާލުވޭ!

ސަން

6 ޑިސެމްބަރު 2025 | ހޮނިހިރު | 9:16

ސާވޭއެއް ފުރިހަމަކުރުމުން 30،000 ރުފިޔާ ދޭނެ ކަމަށް ބުނެ، ފެނަކައިގެ ނަމުގައި ހިންގާ "ފިޝިން" ސްކޭމްތަކަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން 'ފޭސްބުކް'ގައި ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓެއްގައި ވަނީ 30،000 ރުފިޔާ ލިބޭނެ ކަމަށް ބުނެ، ފެނަކައާއި އެހެނިހެން ކުންފުނީގެ ނަންނަމުގައި ސްކޭމަރުން ފޭކު ވެބްސައިޓުތައް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ "ސާވޭތައް" ރައްޓެހިންނާ ހިއްސާކުރުމަށާއި، އާންމު މައުލޫމާތާއި ބޭންކު އެކައުންޓުގެ މައުލޫމާތު ދިނުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ވަނުމަށް ސްކޭމަރުން އެދެމުން ދާނެކަން ފުލުހުން ފާހަގަކުރިއެވެ.

އެހެންކަމުން ފުލުހުން ވަނީ ވެބްސައިޓަކަށް ވަނުމުގެ ކުރިން ޑޮމެއިން ޗެކްކުރުމަށާއި، ޝައްކުކުރެވޭ ލިންކުތައް ފުލުހުންގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، އެފަދަ އެއްވެސް ލިންކެއް އާންމު ސޯޝަލް މީޑިއާގައި ހިއްސާނުކުރަން އެދިފައެވެ.

މައުޟޫޢުތަށް