ފަގީރުންނަށް ޚާއްސަ، "ޒަކާތު ބެނެފިޝަރީ ކާޑު" އަންނަ އަހަރުން ފެށިގެން ދޫކުރަން ފެށޭނެ: ޝަހީމް

ސަން

6 ޑިސެމްބަރު 2025 | ހޮނިހިރު | 11:20

ފަގީރުންގެ ދަފުތަރުގައި ތިބި މީހުންނަށް ޚާއްސަކޮށް، "ޒަކާތު ބެނެފިޝަރީ ކާޑު"ގެ ނަމުގައި ކާޑެއް އަންނަ އަހަރު އިފްތިތާހުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ފަގީރުންނަށް ޚާއްސަކޮށް ދޫކުރާ މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ޒަކާތު ހައުސް ގުޅިގެން ކަމަށެވެ.

މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންގެ އަތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް