ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި މައްސަލައިގައި ޒަމީރާ ސުވާލުކޮށްފި
ސަން
7 ޑިސެމްބަރު 2025 | އާދިއްތަ | 11:21
ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރަން އެންމެ ފަހުން ގެނައި ބަދަލާ އެކު ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ސުވާލުކޮށްފިއެވެ.
ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވިކަމަށް ބުނެ، އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެހެންވެ، މެންބަރު ކުޑޫ ވަނީ ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި ސަބަބާއި ތަފުސީލުތައް ލިޔުމުން ހޯއްދަވަން އެދިވަޑައިގެންފައެވެ. އެގޮތުން، އެކި ރޭންކްތަކުގެ މުވައްޒަފުންނަށް ގެނައި ބަދަލާ ގުޅިގެން އަންނަ އަސަރުތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އޭނާ ވަނީ ތަފުސީލީ 18 ސުވާލެއް ހުށަހަޅުއްވާފައެވެ.