ހާދިސާތައް އިތުރުވެ، ގެއްލުމަށް ކުރި ހޭދަ ވެސް 67 އިންސައްތަ އިތުރުވެއްޖެ
ސަން
7 ޑިސެމްބަރު 2025 | އާދިއްތަ | 2:44
ހާދިސާތައް އިތުރުވެ، މިދިޔަ އަހަރު އެކި ހާދިސާތަކުގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރި ހޭދަ ވެސް 67 އިންސައްތަ އިތުރުވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި ދެ އަހަރު ވެސް ހާދިސާތަކުގައި ލިބުނު ގެއްލުންތަކާ ގުޅިގެން ކުރި ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން، އެންޑީއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު އެ އޮތޯރިޓީއަށް ރިޕޯޓުކުރީ 144 މައްސަލަ ނަމަވެސް، 2023 ވަނަ އަހަރު އެ އަދަދު ވަނީ 183 އަށް އިތުރުވެފައެވެ. އަދި، މިދިޔަ އަހަރު ޖުމުލަ 251 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.