ޕޮލިޓެކްނިކުން މިނިސްޓްރީއަށް ހަދިޔާކުރީ، ރަސްކަލުންގެ ހެދުންކޮޅުތަކާއި ހަތިޔާރެއްގެ ނަކަލުތައް
ސަން
7 ޑިސެމްބަރު 2025 | އާދިއްތަ | 4:05
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެދުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ރަސްކަލުންގެ ހެދުންކޮޅުތަކާއި، އިހުގައި ހަނގުރާމަވެރިން ބޭނުންކުރި ހަތިޔާރެއްގެ ނަކަލުތަކެއް ހެދުމަށް ފަހު ހަވާލުކޮށްފިއެވެ.
ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، ދިވެހި ތަރިކައިގެ ބައެއް ނަކަލު ޕޮލިޓެކްނިކްގެ ފަރާތުން އެ ވުޒާރާއާ ހަވާލުކުރެއްވީ، ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ކަމަށެވެ. އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ، ދިވެހި ތާރީޚުގެ އިސްވާރު ކަށިމާ އަޙްމަދު ޝާކިރެވެ.
ތަރިކައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެ ތަކެތީގެ ތެރޭގައި ހިމެނެނީ ޝާހީ ގުރުޒަކާއި ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަކަލުތަކެވެ. ގުރުޒަކީ، އިހުގައި ހަނގުރާމަވެރިން ބޭނުންކުރި ހަތިޔާރެއް ކަމަށްވާއިރު، އެ ހަތިޔާރު ހުންނަނީ އެއްކޮޅު ވަށްކޮށް ފަލަކޮށެވެ. އަދި، ހަތިޔާރުގައި ހިފަން މުއްގަނޑެއް ލާފައި ހުރެއެވެ.