އެކަކު، 100 އަށްވުރެ ގިނަ ކާޑު ބޭނުންކުރި މައްސަލައަކާއެކު، އެފަދަ ކާޑުތަކުގެ ޑޮލަރު ލިމިޓް ކަނޑާލާނެކަމުގެ އިންޒާރެއް
ސަން
7 ޑިސެމްބަރު 2025 | އާދިއްތަ | 3:50
އެންމެ މީހަކު، 100 އަށްވުރެ ގިނަ ޑެބިޓް ކާޑު ރާއްޖެއިން ބޭރަށް ގެންގޮސް ޑޮލަރު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ފާހަގަވެފައިވާކަމަށާއި، އެ ފަަދައިން ނަހަމަ ގޮތުގައި ފައިދާ ނަގާނަމަ، އެފަދަ ކާޑުތަކުން ލިމިޓް ކަނޑައިލާނެކަމުގެ އިންޒާރު ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލުން މިއަދު ދީފިއެވެ.
ބީއެމްއެލުންވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް ދީފައެވެ.
މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންއަށާއި ޞިއްހީފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާ ހަމަޔަށް ލިމިޓް ކަނޑައެޅިފައިވާ ކަމަށެވެ.