ވަގު ސިނގިރޭޓާއެކު އިމްޕޯޓް ޑިއުޓީ ވަރަށް ބޮޑަށް ދަށަށް, އަންނަ އަހަރަށް ލަފާ ކުރާ އަދަދު 32 ޕަސެންޓް ދަށްކޮށްފި

ސަން

7 ޑިސެމްބަރު 2025 | އާދިއްތަ | 5:56

މި އަހަރު ސިނގިރޭޓު އެތެރެކުރި އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައިރު، އިމްޕޯޓް ޑިއުޓީއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުން މިހާތަނަށް ލިބުނީ 61 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ތަފާސްހިސާބުން ދައްކައިފިއެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލާއެކު މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މި އަހަރު އިމްޕޯޓް ޑިއުޓީން 4.58 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިދިޔަ މަހުގެ 27އާ ހަމައަށް ލިބިފައިވަނީ 2.79 ބިލިއަން ރުފިޔާއެވެ.

އަހަރު ނިމެން ބާކީ އެއް މަސް ދުވަސް އޮތްއިރު، އިމްޕޯޓް ޑިއުޓީގެ އަންދާޒާއާ އެއްވަރު ކުރަން 1.78 ބިލިއަން ރުފިޔާ ބޭނުންވެއެވެ. އަދި މިހާތަނަށް ލިބިފައިވާ އަދަދަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 12.8 ޕަސެންޓްގެ ދަށްވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 3.20 ބިލިއަން ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވެއެވެ.

މައުޟޫޢުތަށް