ގިނަ ދުވަސްވީ އުޅަނދު ޓޯކުރުން: 24 ގަޑިއިރުތެރޭ ހުޅުމާލެއިން 200އަށް ވުރެ ގިނަ އުޅަނދު ނަގައިފި
ސަން
7 ޑިސެމްބަރު 2025 | އާދިއްތަ | 5:46
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ހުޅުމާލޭން 200އަށް ވުރެ ގިނަ އުޅަނދު ޓޯކޮށް، ތިލަފުއްޓަށް ގެންގޮސްފިއެވެ.
ފޮޓޮއާއެކު 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އިއްޔެ ފެށި ޓޯކުރުމުގެ އޮޕަރޭޝަންގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޖުމްލަ 252 އުޅަނދެއް ހުޅުމާލޭގެ މަގުތަކުން ޓޯކޮށް، ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހުރިހާ އުޅަނދަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުފަހަރު ކަމަށް ފުލުހުން ބުންޏެވެ. އަދި އެހެން ޒޯނުތަކަށް ރަޖިސްޓްރީކުރި އުޅަނދުފަހަރާއި އެއްގޮތަކަށް ވެސް ރަޖިސްޓްރީނުކުރާ އުޅަނދުފަހަރު ހިމެނޭ ކަމަށް، ފުލުހުން ބުންޏެވެ.