ރައީސްގެ ވާހަކަފުޅު ހަގީގަތާ ޚިލާފު، 'ވާނުވާ'ގައި ތިބި މީހުން ޓެގު އަޅުވައި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް: ޑިޓެއިނީ ވޮޗް
ސަން
7 ޑިސެމްބަރު 2025 | އާދިއްތަ | 7:22
އެކި ކުށްކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން، ނުވަތަ "ވާނުވާ" ބަންދުގައި ތިބި މީހުންގެ ފައިގައި ޓެގު އަޅުވައި، އެ މީހުން މޮނިޓާކުރެވޭ ގޮތަށް ޝަރުތުތަކާއެކު ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް، ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން މިއަދު ބުނެފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި ކުށްކުށުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިގެންވާ ހައްގެއް ނޫންކަމަށާއި، އެއީ ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ އެ ވާހަކަފުޅަށް އަލިއަޅުވާލައި ޑިޓެއިނީ ވޮޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސްގެ އެ ވާހަކަފުޅަކީ ހަގީގަތާއި ޚިލާފު ސިފަކުރެއްވުމެއް ކަމަށެވެ. ބޮޑެތި ކުށްވެރިންގެ ފައިގައި ޓެގު އަޅުވައި، އެމީހުން މޮނިޓާކުރެވޭ ގޮތަށް ޝަރުތުތަކާއެކު ދޫކުރުމުގެ ނިޒާމަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ކާމިޔާބުކަމާއެކު އަމަލުކުރަމުން އަންނަ ނިޒާމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.