ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ތެރެއިން ދެބައިކުޅަ އެއްބައި ހިއްކައި ނިމިއްޖެ

ސަން

7 ޑިސެމްބަރު 2025 | އާދިއްތަ | 6:59

މަޑުޖެހިފައި އޮތް ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ދުވެހި ކުރިއަށްވުރެ ހަލުވި ވެފައިވާ ކަމަށާއި، އެތަނުގައި 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނައި ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 30 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ފަޅުން ބައެއް ހިއްކާ ގޮތަށް ނިމިދިޔަ ސަރުކާރުން ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތަކެއް ދޫކޮށްފައެވެ. އެހެންވެ ހުޅުމާލެ ފަޅުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ.

މައުޟޫޢުތަށް