އިޙުސާނަށް ފުލުހުން ނުބެލެހެއްޓެނީ ކުދި ކުށްކުށުގައި "ވާނުވާ" ޖެހުން ފަދަ ކަންކަން ކުރާތީ، އިސްތިއުފާދެއްވާ: ޔާމީން

ސަން

7 ޑިސެމްބަރު 2025 | އާދިއްތަ | 11:55

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާނަށް ފުލުހުންގެ މުއައްސަސާ ނުބެލެހެއްޓެވޭ ކަމަށް ދެންނެވީ ކުދިކުދި ކުށްކުށުގައި ހައްޔަރުކުރާ މީހުންނަށް "ވާނުވާ" ބަންދު ޖެހުން ފަދަ ސަބަބުތަކާ ހެދި ކަމަށް ވިދާޅުވެ، އޭނާ އިސްތިއުފާދެއްވުމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ކޮންމެ ހަފުތާއަކު އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، ވެރިކަމުގައި ކަން ކުރިނަމަ، ސިޓިން ރޫމްގައި ފުލުހުންގެ ވާހަކަދައްކާކަށް ނުޖެހޭނެ ކަމަށް އިޙުސާން ލިޔުއްވި ޕޯސްޓަށް ރައްދުދެއްވައިފައެވެ.

ޔާމީން ވިދާޅުވީ، ގާނޫނު އިސްލާހުކުރެވެން ދެން "ވާނުވާ" ބަންދުގައި މަސްތުވާތަކެއްޗާއި މާރާމާރީއާއި ޓެރަރިޒަމްގެ ރެކޯޑު އޮންނަ ބޮޑެތި ކުށްކުރާ މީހުން ބެހެއްޓޭނެ ގޮތަށް ޕްރޮސެކިއުޓަރު ޖެނެރަލަށް ހެދޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުން ވެސް ކަންފަސޭހަ ކުރަނީ ކަމަށާއި، ހައްޔަރުކުރާ މީހުން ބަންދުގައި ބަހައްޓަންވީ ސަބަބު ޕްރޮސެކިއުޓަރު ޖެނެރަލް އަރިހުގައި ފަނޑިޔާރުންނަށް އެއްސެވޭނެ ކަމަށެވެ.

މައުޟޫޢުތަށް