އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އައްޑޫ ސިޓީއިން ކަރަންޓު ކެނޑިއްޖެ
ސަން
8 ޑިސެމްބަރު 2025 | ހޯމަ | 10:20
އައްޑޫ ސިޓީގެ މައި އިންޖީނުގޭގައި ހުރި އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އައްޑޫ ސިޓީއިން ކަރަންޓު ކެނޑިއްޖެއެވެ.
އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސިޓީގެ އެކި އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލައެވެ. އެ މައްސަލައިގައި އައްޑޫ ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އައްޑޫގެ ފެނަކަ ބްރާންޗުން ވައިބާގައި ހިއްސާކުރި މެސެޖެއްގައި ބުނީ، ކަރަންޓު ކެނޑުނީ ހިތަދޫގައި ހުންނަ މައި އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އިންޖީނުގެ އެއްކޮށް ޑައުން ވުމުގެ ސަބަބުން ކަމަށެވެ.