އެމްއެމްޕީއާރްސީ ޚިޔާނާތް ވެސް ފެނިއްޖެ، އެސްއޯއީތަކުން ރިސޯޓު ތަރައްގީކުރުން އެއީ ކާމިޔާބު މޮޑެލްއެއް ނޫން: މައުސޫމް

ސަން

8 ޑިސެމްބަރު 2025 | ހޯމަ | 4:32

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތް ވެސް ދިވެހީން ތަޖުރިބާކޮށްފި ކަމަށާއި، ސަރުކާރު ކުންފުނި (އެސްއޯއީ)ތަކުން ރިސޯޓު ތަރައްގީކުރާނަމަ، ކޮރަޕްޝަނަށް އެކަމުން މަގުފަހިވާނެތޯ ނުވަތަ ނޫންތޯ އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭ ގޮތަށް މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގުކުރައްވައިފައެވެ.

އެސްއޯއީތަކުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަދެ، ރިސޯޓުތައް ތަރައްގީކުރެވޭނެ ގޮތް ހެދުމާ އެކު ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައި، ކަންބޮޑުވުން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް