އާގިލް މަރާލިކަން ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

ސަން

8 ޑިސެމްބަރު 2025 | ހޯމަ | 12:39

ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހާ މަރާލިކަން ސާބިތުވެ، ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު މަރަން ހުކުމް ކޮށްފިއެވެ.

ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، އޭނާގެ މައްޗަށް އާގިލް މަރާލިކަން ސާބިތުވެ، އާގިލްގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުންވުމުންނެވެ.

މި މައްސަލައިގައި ދައުލަތުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ. އެކަމަކު، ހަމްދޫން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.

މައުޟޫޢުތަށް