ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ޑޮލަރު، ރުފިޔާއަށް މާރުކޮށްގެން ދިނުން ހުއްޓުވުމަށް އިސްލާހެއް

ސަން

8 ޑިސެމްބަރު 2025 | ހޯމަ | 1:26

ފަތުރުވެރިކަމުގެ ދާއިރާގައި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ބާވަތް، އެއީ ޑޮލަރު ނޫނީ ރުފިޔާ ކަމުގައިވީ ނަމަވެސް، އެ ފައިސާގެ ބާވަތް ބަދަލުނުކޮށް މުވައްޒަފުންނަށް ސާވިސް ޗާޖު ބަހަންޖެހޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ދެވަނަ ކަމަކަށް އެ އިސްލާހުގައި އޮތީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ވިޔަސް އެފަދަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

މައުޟޫޢުތަށް