ކޮރަޕްޝަން ފަޅާއަރުވަން "ސަން"އިން ފާށާރު ޕޯޓަލް އިފުތިތާހުކޮށްފި

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 9:03

ކޮރަޕްޝަން ހުއްޓުވައި، އެ ކަންކަން އިދާރާތަކާއި އާންމުންގެ ސަމާލުކަމަށް ގެންނަން އާންމުންނަށް ކޮރަޕްޝަނާ ގުޅޭ ލިޔުންތަކާއި ހެކި ހުށަހެޅޭ "ފާށާރު" ޕޯޓަލް ސަން ސިޔާމް މީޑިއާއިން މިއަދު އިފުތިތާހުކޮށްފިއެވެ.

މި ޕޯޓަލް އިފުތިތާހުކުރީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައިގެންނެވެ.

"ސަން"އިން ތައާރަފުކުރި މި ޕޯޓަލްއަށް އާންމުންނާއި ސަރުކާރުގެ އެކި އިދާރާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި، އެ މީހަކު ބޭނުންނަމަ، އެއީ ކާކުކަން އެނގޭގޮތަށް ވެސް މި ޕޯޓަލްއަށް މައުލޫމާތު ހުށަހެޅޭނެއެވެ.

މައުޟޫޢުތަށް