ދަނޑުވެރީން ރަނގަޅު އާދަތަކަށް އަހުލުވެރިކޮށް، ކާނާގެ ސިއްހީ ރައްކާތެރިކަން ޔަގީންކޮށްދޭން ވޯކްޝޮޕެއް
ސަން
8 ޑިސެމްބަރު 2025 | ހޯމަ | 9:06
މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ނުވަތަ ދަނޑުވެރިކަމުގެ ރަނގަޅު އާދަތަކަށް ދަނޑުވެރީން އަހުލުވެރިކޮށް، ރާއްޖޭގައި ހައްދާ ކާނާ ގަންނަ މީހުންނަށް އެ ތަކެތީގެ ސިއްހީ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އަމާޒުކޮށް ވޯކްޝޮޕެއް ބާއްވައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން، އެމްގެޕް މިންގަނޑަށް ދަނޑުވެރިން އަހުލުވެރިކުރުމަށާއި އެ މިންގަނޑު ކުރިއެރުވުމަށް ވޯކްޝޮޕެއް ކުރިއަށްގެންދިޔައީ އިއްޔެއާއި މިއަދެވެ.
އެ ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނުނީ ކޮންމެ ރަށަކުން ކައުންސިލްގެ އޮފިޝަަލަކާއި ދަނޑުވެރިއެކެވެ.