3 މަހަށްވުރެ ގިނަދުވަހު ބަންދުކޮށްފައި އޮތުމަށްފަހު ރަސްމީ ފާލަން ސަރަހައްދުގައި ތާރު އަޅައި، އާންމުންނަށް ހުޅުވާލައިފި
ސަން
8 ޑިސެމްބަރު 2025 | ހޯމަ | 7:17
ތިން މަސްދުވަހުގެ މަސައްކަތަށް ފަހު، މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރި އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން، ހަތަރު ލޭނާއި މަގުގެ ދެ ފަރާތުގައިވާ ދުވާރު ވަނީ ފުޅާކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ފުޅާކުރި ސަރަހައްދު --- ސަން ފޮޓޯ/ މޫސާ ނަދީމް