ގުޅުން ބަދަހިކުރަން ކަމަށްބުނެ، ތަޖުރިބާ ދަތުރެއްގައި ކާށިދޫ ކައުންސިލުން ފަޅު ރަށްތަކަކަށް ދިޔަ މައްސަލައެއް!

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 12:35

މުވައްޒަފުންގެ ގުޅުން ބަދަހި ކުރަން ކަމަށް ބުނެ، ތަޖުރިބާ ދަތުރެއްގެ ތެރެއިން ގދ. އަތޮޅުގެ ފަޅު ރަށްތަކަކަށް ކ. ކާށިދޫ ކައުންސިލުން ދިޔަ މައްސަލައެއް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ، ކާށިދޫ ކައުންސިލްގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ، އެ އޮފީހަށް ފާހަގަވި މައްސަލަތަކާއި އެ ކަންކަން ހައްލު ކުރާނެ ގޮތުގެ ލަފާދީފައެވެ.

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އިދާރީ މުވައްޒަފުން ހިމެނޭހެން ކާށިދޫ ކައުންސިލްގެ 18 މުވައްޒަފަކު ވަނީ، ޑިސެމްބަރު 28، 2022 އިން ޖަނަވަރީ ދޭއް، 2023އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައެވެ. އޮޑިޓުގައި ބުނީ، އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726 ރުފިޔާ ވަނީ ޚަރަދުކޮށްފައި ކަމަށެވެ.

މައުޟޫޢުތަށް