އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަޕޯ އައްޔަނުކޮށްފި

ސަން

8 ޑިސެމްބަރު 2025 | ހޯމަ | 8:52

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއަކަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އައްޔަނުކުރަން ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ވޯޓުގައި ބައިވެރިވި 65 މެންބަރުން ވަނީ ޣަފޫރު ވަގުތީ ޗެއާޕާސަނަކަށް އައްޔަންކުރުމަށް ތާއިދުކޮށްފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް އިސްމާއިލް އިސްތިއުފާދެއްވުމުންނެވެ.

މައުޟޫޢުތަށް