ޣަފޫރުގެ ޔަގީންކަން އެމްޑީޕީ މެންބަރުންނަށް: 'ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަމެއް ނުކުރާނަން'

ސަން

8 ޑިސެމްބަރު 2025 | ހޯމަ | 10:58

ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ޕާޓީގެ ކަންކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)، މިރޭ އެ ޕާޓީގެ މެންބަރުންނަށް ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، ޕާޓީއަށް ވަގުތީ ޗެއާޕާސަން ހޮވަން މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، އެ މަގާމަށް ވަނީ 65 މެންބަރުންގެ ވޯޓުން ޣަފޫރު އައްޔަންކޮށްފައެވެ.

އެ މަޖިލިސް ނިންމާލައްވަމުން، ޣަފޫރު ވިދާޅުވީ، އަސާސީ ހަމަތަކާއި ގަވައިދުގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން، ވަކި މީހެއްގެ ނުފޫޒަށް ތަބާނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މައުޟޫޢުތަށް