ކަދުރު ރުށްތަކެއް ގަނެފައިވާ ގޮތް ހިމެނޭހެން މައްސަލަތަކެއް ބަލައި، ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ސަން

8 ޑިސެމްބަރު 2025 | ހޯމަ | 11:39

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފައިވާ މައްސަލަތަކެއް ބަލައި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މުސާރަ ނުހިނގާ ގޮތަށް ތިން މަސް ދުވަހަށް ވަހީދު ސަސްޕެންޑުކޮށް އިތުރު ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

ވަހީދަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުކުރުމަށް ނިންމާފައި ވަނީ، މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައިފައި ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ. މިގޮތުން، އެ ގޮތަށް ނިންމާފައި ވަނީ، އެލްޖީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކާ އެކު، އަށް މައްސަލައެއްގެ އިންކުއަރީއަކަށް ފަހުގައި ކަމަށް އެ ބަޔާނުގައިވެއެވެ.

މައުޟޫޢުތަށް