ފުވައްމުލަކުގެ ފެން ނުސާފުވުމުގެ މައްސަލަ ފަހުން ދިމައެއްނުވޭ: ކައުންސިލް

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 11:19

ރާއްޖޭގެ ތިންވަނައަށް އާބާދީ އެންމެ ބޮޑު ސިޓީ، ފުވައްމުލަކުގެ ފެން ނުސާފުވުމުގެ މައްސަލަ ފަހުން އަދި ދިމާނުވާ ކަމަށް އެ ސިޓީގެ ކައުންސިލުން މިއަދު ބުނެފިއެވެ.

އެގާރަ ހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ނެޓްވޯކު ސާފުކުރުމަށްޓަކައި ކްލޯރިން އަޅަމުންދާކަން ހާމަކޮށް މީގެ މަހެއް ކުރިން މިދިޔަ މަހުގެ 10ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ފެނަކައިން ވަނީ، ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުންނުކުރަން އެދިފައެވެ.

އެހެންވެ، އެ ސިޓީގެ ފެނުގެ ޚިދުމަތް ވަގުތީގޮތުން ކެނޑި، އެ ސިޓީ ފެނަށް ޖެހި، ދުވަސްތަކެއް ފާއިތުވެ ދިޔައެވެ.

މައުޟޫޢުތަށް