އެލްޖީއޭއިން ވަހީދު ސަސްޕެންޑުކުރީ ހެކި ނުދައްކާ، ފިޔަވަޅު ބަލައެއް ނުގަންނަން: ހޯރަފުށީ ކައުންސިލް

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 1:54

ކައުންސިލްގެ ރައީސް ހިމެނޭހެން ވަކިވަކި ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ނިންމިއިރު، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނެރުނު ރިޕޯޓުގައިވާ ކަންކަން ސާބިތުކުރެވޭނެ ހެކިތައް ނުދައްކާ ކަމަށާއި ނިންމުން ބަލައިނުގަންނަ ކަމަށް ހޯރަފުށީ ކައުންސިލުން މިއަދު ބުނެފިއެވެ.

ޖުމުލަ ހަތް މައްސަަލައެއް ފާހަގަކޮށް، އެލްޖީއޭއިން ވަނީ ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފައެވެ. އަދި، ބާކީ ތިބި ހަ ކައުންސިލަރުންނަށް ވަނީ ނަސޭހަތްދީފައެވެ.

'ސަން'އިން ސުވާލުކުރުމުން ހޯރަފުށި ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އިމްދާޙު ވިދާޅުވީ، އެލްޖީއޭގެ ބަޔާނުގައިވާ ކަންކަން ސާބިތުކުރެވޭނެ ހެތްކެއް ދައްކާފައިނުވާ ކަމަށެވެ.

މައުޟޫޢުތަށް