މިފަހަރު ވެސް މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީން ޚާއްސަ ޕްރޮގްރާމްތަކެއް!
ސަން
9 ޑިސެމްބަރު 2025 | އަންގާރަ | 1:19
މިއަހަރު ވެސް މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީން ޚާއްސަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.
މާދަމާ ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީގެ ހެނދުނު ޝޯ ކަމަށްވާ 'ސައިގަޑި' ވެސް ޚާއްސަކުރަނީ މަސްވެރިންގެ ދުވަހަށެވެ. އެގޮތުން މަސްވެރިކަމާ ގުޅުންހުރި ތަފާތު މައުލޫމާތާއި ބައެއް އާންމުންގެ ޚިޔާލު ގެނެސްދެވޭނެއެވެ.
އެއަށްފަހު މާދަމާގެ 11:00ގައި 'ފައިސަލްގެ ތަރުބިއްޔަތާއި ފިލާވަޅު'ގެ ނަމުގައި މަސްވެރިކަމާ ގުޅުންހުރި ޚާއްސަ ޕްރޮގްރާމެއް ގެނެސްދޭނެއެވެ. މި ޕްރޮގްރާމުގައި ފައިސަލް އޭނާގެ ދަރީން ތަރުބިއްޔަތު ކުރުމަށް މަސްވެރިކަމާ ގުޅުންހުރި އޭނާގެ ކުޑައިރުގެ ތަޖުރިބާތައް ކިޔައިދޭނެއެވެ.