ކައްދުއާއި މާމިގިލީގައި ވަޒަނާއި ޕައިރޯ ބޭނުންކޮށްގެން ތަމްރީނުތަކެއް ބާއްވަނީ
ސަން
9 ޑިސެމްބަރު 2025 | އަންގާރަ | 1:39
މިއަދުން ފެށިގެން އެކި ދުވަސްތަކަށް ބަހާލައިގެން, ލ. ކައްދުއާއި އދ. މާމިގިލީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައްދޫގައި އަސްކަރީ ތަމްރީނުތައް އޮންނާނެ ކަމަށެވެ.
އިރުއޮއްސި ހަޔަކުން ފެށިގެން ދަންވަރު 12 ޖަހަންދެން މި ތަމްރީނުތައް ކުރިއަށްދާނެ ކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ، މި ތަމްރީނުގައި ބޭނުންކުރާ ވަޒަން ދަތުރުކުރާނީ ފަސް ކިލޯމީޓަރުގެ ދުރުމިނަށް ކަމަށާއި، އަދި 300 މީޓަރު މައްޗަށް ކަމަށެވެ.