"އޮޑިޓުގައި އޮތީ އޮޅުވައިލައިފައި، ފަޅު ރަށްތަކަކަށް ދިޔައީ ތަޖުރިބާ ހޯދާކަށް ނޫން"

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 1:37

ގދ. ތިނަދޫ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށް، ތަޖުރިބާ ހޯދުމަށް ތިނަދޫއަށް ކުރި ދަތުރުގެ ތެރެއިން ފަޅު ރަށްތަކަކަށް ދިޔައީ، ކައުންސިލުގެ ދައުވަތަށް ކަމަށާއި، އެއީ ދަތުރުގެ މަގްސަދާ ނުގުޅޭ ކަމެއްކަމަށް އޮޑިޓު އޮފީހުން ބުނެފައިވަނީ ގޯސްކޮށް ކަމަށާއި އެ އޮފީހަށް އެހެން ނުނިންމޭނެ ކަމަށް ކ. ކާށިދޫ ކައުންސިލުން މިއަދު ބުނެފިއެެވެ.

ކާށިދޫ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އިދާރީ މުވައްޒަފުން ހިމެނޭހެން ކާށިދޫ ކައުންސިލްގެ 18 މުވައްޒަފަކު ވަނީ، ޑިސެމްބަރު 28، 2022 އިން ޖަނަވަރީ ދޭއް، 2023އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައެވެ. އޮޑިޓުގައި ބުނީ، އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

އެ ދަތުރުގެ ތެރެއިން، އެ ސަރަހައްދުގައި މީހުން ދިރިނޫޅޭ ގދ. ކަފެނާއާއި ގދ. ލާބަދޫއަށް ދިޔުމަށް 4،400 ރުފިޔާ ކައުންސިލުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ. އެ ރަށްތަކަށް ދިޔުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ނެތް ކަމަށް އޮޑިޓުގައިވެއެވެ.

މައުޟޫޢުތަށް