ކޮރަޕްޝަނުގެ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވުމަށް ސިޔާމް ގޮވާލައްވައިފި

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 5:35

ކޮރަޕްޝަނުގެ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޚާއްސަކޮށް މިއަދު ފާހަގަކުރާ، ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ, ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީކުރައްވައިފައިވާ އަމަލެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ވައްކަން ފަދަ އަމަލުތަކުން މަންފާ ހޯދައި، އެ ބޭނުންކުރުމަކީ ދިވެހި ގައުމު ފަސާދައިގެ ތެރެއަށް ގެންގޮސް، މުޖުތަމަޢު ހަލާކުގެ ތެރެއަށް ވައްޓައިލާނޭ ކަމެއް ކަމަށެވެ. އަދި އެ ފަދަ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ކޮންމެ މީހަކު ވެސް ހިމެނޭނީ ނަރަކައިގެ ގަދަފަދަ އަޒާބުގެ އަހުލުވެރީން ކަމުގައި ކަމަށް ސިޔާމް ވިދާޅުވިއެވެ.

މައުޟޫޢުތަށް