ބޮޑުވި ފެން ބިލުތައް ދައްކަން ޖެހޭނީ އެފްޑީސީން: މަތީން

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 6:40

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެޅި 4،000 ފުލެޓްގެ ތެރެއިން މީގެ މަހެއްހާ ދުވަސްކުރިން މީހުން ދިރިއުޅެން ފެށި "އަމާން އުދަރެސް"ގެ ބައެއް ފުލެޓްތަކުގައި އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ފެން ބިލުތަކަކީ އެފްޑީސީން ދައްކަންޖެހޭ ބިލުތަކެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ ފުލެޓްތައް ލިބި، މިހާރު އެ ތަންތަނުގައި ދިރިއުޅޭ ބައެއް އާންމު ރައްޔިތުން ހިއްސާކޮށްފައިވާ ގޮތުގައި، ބައެއް އެޕާޓްމަންޓުތަކުގެ ބިލު 7،000 ރުފިޔާއަށްވުރެ ވެސް ވަނީ ބޮޑުވެފައެވެ. އަދި ބައެއް އެޕާޓްމަންޓުތަކުގައި 4،000 ރުފިޔާއަށްވުރެ ވެސް ބިލު ބޮޑުވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައާ ގުޅޭގޮތުން 'ސަން' އާ ވާހަކަދައްކަވަމުން މަތީން ވިދާޅުވީ އެ ފުލެޓުތަކުގައި ހުރި ފެން މީޓަރުތައް އަދި ހުރީ އެފްޑީސީގެ ނަމުގައި ކަމަށެވެ.

މައުޟޫޢުތަށް