އާސަންދައިން ޝަހީދު ވަކިކޮށް، ބީސީސީގެ ފުރަތަމަ ޗެއާޕާސަނަކަށް އައްޔަންކޮށްފި

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 8:01

އާސަންދައިގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޝަހީދު މުހައްމަދު އެ މަގާމުން ވަކިކޮށް, ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ)ގެ ފުރަތަމަ ޗެއާޕާސަންގެ މަގާމަށް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ ޝަހީދު، އާސަންދައިން ވަކިކޮށް ބީސީސީއަށް ބަދަލުކޮށްފައިވާކަން މިއަދު އިއުލާންކޮށްފައެވެ.

ޝަހީދުގެ އިތުރުން އާސަންދައިން އިތުރު، ނޮން-އެގްޒެކްޓިވް ދެ މެންބަރަކުވެސް ވަނީ ވަކިކޮށްފައެވެ. އެއީ އއ.ރަސްދޫ، ފުނަ މާލެ، އަހްމަދު ޝާކިރާއި ކ. ގުރައިދޫ، ސީޕްރައިޒް، އާއިޝަތު ޖީނާއެވެ.

މައުޟޫޢުތަށް