އަލަށް މީހުން ދިރިއުޅެން ފެށި، އަމާން އުދަރެސްގެ ޓަވަރެއްގައި ޖީޕީ ކްލިނިކެއް ގާއިމުކުރަނީ
ސަން
9 ޑިސެމްބަރު 2025 | އަންގާރަ | 11:24
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެސް ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކުލިނިކެއް އަޅަން ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެއް ކަަމަށްވާއިރު، އެކި ޚިދުމަތްތައް ހޯދޭނެ އިންތިޒާމު އެ ސަރަހައްދުގައި ނުހުންނަ ކަމުގެ ޝަކުވާ ކުރެއެވެ.
ހުޅުމާލޭ ހޮސްޕިޓަލާއި އެފްޑީސީއާ ދެެމެދު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އާބަން ޕްރައިމަރީ ހެލްތު ކެއާ ކްލިނިކެއް އަމާން އުދަރެސް ޓަވަރު ހަޔެއްގައި އަޅާނެ ކަމަށެވެ.