ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރަން، 790 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓަކަށް ހުއްދަ ދީފި

ސަން

9 ޑިސެމްބަރު 2025 | އަންގާރަ | 11:46

ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމަށް 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓަކަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޓައުންޝިޕް ތަރައްގީ ކުރުމަށް ހުއްދަ ދިނީ ކްރިސްޓަލް ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި އެ ހުއްދަ ދިނީ 790 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން 'އިނީޝިއަލް ޕާމިޓް' ދިނީ މިދިޔާ މާޗު މަހުގައެވެ.

މައުޟޫޢުތަށް