ވޯލްޑް ކަލްޗާސް ފެސްޓިވަލްގައި ޕާފޯމްކުރުމަށް ހަބޭސް ތުރުކީއަށް
ސަން
10 ޑިސެމްބަރު 2025 | ބުދަ | 9:54
ވޯލްޑް ކަލްޗާސް ފެސްޓިވަލްގައި ޕާފޯމްކުރުމަށް ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ފޭން ބޭސް ބޮޑު “ހަބޭސް ބޮޑުބެރު” ތުރުކީވިލާތަށް މިއަދު ފުރައިފިއެވެ.
އަންނަ ހުކުރު ދުވަހުން އާދިއްތަ ދުވަހަށް ތުރުކީގެ އަންކާރާގައި ކުރިއަށްދާ ވޯލްޑް ކަލްޗާސް ފެސްޓިވަލްގައި ހަބޭސްގެ ފަރާތުން ދިވެހި ސަގާފީ ރީތި ހުށަހެޅުންތަކާއި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ފެންނާނެ ކަމަށް އެ ބޭންޑުން ބުނެއެވެ.
ސްޕޮންސަރުންގެ ބޮޑު އެހީއާއެކު ހަބޭސް ގްރޫޕް ތުރުކީއަށް ފުރާފައިވާއިރު، ހުރިހާ ސްޕޮންސަރުންނަށް ހަބޭސް ޓީމްގެ ފަރާތުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.