މަސްވެރިކަމުގައި ހުރީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ، ހައްލުކުރަން ވަގުތު ނަގާނެ: މިނިސްޓަރު

ސަން

10 ޑިސެމްބަރު 2025 | ބުދަ | 11:27

މަސްވެރިކަމުގައި ދިމާވެފައިހުރީ ޒަމާންވީ ގޮންޖެހުންތަކަށް ވާތީ، އެ ކަންކަން ހައްލުކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި ކުރަން ޖެހޭ ހޭދަ ވެސް ބޮޑު ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން, ރ. ދުވާފަރުގައި މިއަދު ފެށި މަސްވެރިންގެ ގުންޒަރުގައި، މިނިސްޓަރު ވިދާޅުވީ، އެ ގުންޒަރަކީ ހުރިހާ މަސްވެރިން އެއްވެ، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

އެގޮތުން، މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށް ވަތީ އެކަންކަން ހައްލުކުރުމަށް ވަގުތުވެސް ނަގާ ކަމަށާއި އެ ކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް