ބޮޑު ކަންނެލި މަސްވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުން އަވަސްކުރަން ޖެހޭ: ސިޔާމް
ސަން
10 ޑިސެމްބަރު 2025 | ބުދަ | 12:09
ބޮޑު ކަންނެލި މަސް ކިރުވުމުގައި ހުރި ދަތިތަކާއި އެ މަސްވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާކަމަށް އެމްޑީއޭގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިތާބުގައި ވިދާޅުވީ، މިއަދު ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ އާއިލާތަކެއްގެ އާމްދަނީ ބިނާވެފައިވަނީ މި މުހިންމު މަސައްކަތުގެ މައްޗަށް ކަމަށެވެ.
އެހެންކަމުން، މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި, އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސްވެރިކަމާ ގުޅުންހުރި ހުރިހާ އެންމެން މަސައްކަތް ކުރުން މުހިންމު ކަމަށް ސިޔާމް ވިދާޅުވިއެވެ.