މަސް ޕްރޮސެސް ކުރާ ސާމާނު ގަތުމަށް ހަތަރު ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާ ސްކީމެއް

ސަން

10 ޑިސެމްބަރު 2025 | ބުދަ | 1:46

މަސް ޕްރޮސެސް ކުރާ ސާމާނާއި އެ ކަމާ ގުޅުން ހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ، 50،000 ރުފިޔާއާއި ހަތަރު ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާ ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.

'މަހަ މަންފާ'ގެ ނަމުގައި ތައާރަފުކުރި މި ސްކީމުގެ މަގުސަދަކީ، މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ލުއި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

ފިޝަރީސް މިނިސްޓްރީއާ ގުޅިގެން ތައާރަފުކުރި މި ސްކީމުގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަނަށް ބޭނުންވާ ވަސީލަތްތަކާއި މަހުގެ ބާވަތްތަކުން ތައްޔާރު ކުރާ އުފެއްދުންތައް ބަންދުކުރުމަށާއި މަސް ރައްކާކުރެވޭނެ ނިޒާމުތައް ގާއިމުކުރަން މާލީ އެހީ ދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

މައުޟޫޢުތަށް