ދަރިވަރަކާ ޓީޗަރަކާ ދެމެދު ތަޅައިފޮޅުމެއް، މައްސަލަަ ބަލަނީ
ސަން
10 ޑިސެމްބަރު 2025 | ބުދަ | 2:45
ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި މަތީ ގްރޭޑެއްގައި ކިޔަވަމުން އަންނަ ދަރިވަރަކާއި، ބިދޭސީ ޓީޗަރަކާ ދެމެދު ހަމަނުޖެހުމެއް ހިނގައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ދެކުނުގެ ރަށެއްގެ ސްކޫލެއްގައެވެ. މި ހާދިސާ ހިނގީ މިއަދު މެންދުރުފަހު 12:00 ހާއިރެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ 47 ސިކުންތުގެ ވީޑިއޯއެއްގައި ފެންނަނީ ކްލާސް ރޫމެއްގައި، ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގެން އޮންނަ ތަނެވެ. ބެލެވޭ ގޮތުގައި ޓީޗަރު އުޅެނީ އެ ދަރިވަރު އަތުން އެެއްޗެއް ހޯދާށެވެ.