ނަތީޖާ ނުފެންނަކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިން މާލެއަށް އެއްވެ އިހުތިޖާޖުކުރަނީ

ސަން

10 ޑިސެމްބަރު 2025 | ބުދަ | 3:14

ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، ބޮޑުކަންނެލި މަސްވެރިން މާލެއަަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިއްޔެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މިއަދު އިހުތިޖާޖު ކުރާނެ ކަަމަށް ބުނެ އެކަން އިއުލާނުކޮށްފައެވެ.

މިއަދު ހެނދުނު ކަނޑުމަތީ އިހުތިޖާޖު ފެށުމަށްފަހު، އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބު ނުދޭކަމަށް ބުނެ މިސްރާބުޖެހީ މާލެއާ ދިމާއަށެވެ.

މައުޟޫޢުތަށް