ޕީއެސްއެމްގެ އެމްޑީއަކަށް، މަޝްހޫރު ޕްރެޒެންޓަރު ޝަކީބްބެ

ސަން

10 ޑިސެމްބަރު 2025 | ބުދަ | 3:55

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަޙްމަދު ޝަކީބް (ޝަކީބްބެ) އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ، ޝަކީބް ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަންކޮށްފައިވާކަން އިއުލާންކޮށްފައެވެ.

ޝަކީބް ވަނީ ޓީވީއެމްގައި ޕްރޮގްރާމްތައް ޕްރެޒެންޓްކުރުމުގައި އެތައް އަހަރެއް ހޭދަކޮށް، މަޝްހޫރުކަން ހޯއްދަވައިފައެވެ. އެގޮތުން ހުށަހެޅުއްވި ޕްރޮގްރާމްތަކުގެ ތެރޭގައި ތިޔަބޭފުޅުންގެ ފުރުސަތު، އެހާރާއި މިހާރު، އެހަނދާނުގައި، ހެއްޔަންބޯގެ އިތުރުން ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި ފަދަ ބޮޑެތި ޓީވީ ޝޯތައް ހިމެނެއެވެ.

މައުޟޫޢުތަށް