މަސް ގަތުމުގެ ލައިސަންސް ބޭރު ފަރާތްތަކަށް ދީ، ސަރުކާރުން އެ ވިޔަފާރި ތެރެއަށް ނުވަންނަން ނަޝީދު ގޮވާލައްވައިފި

ސަން

10 ޑިސެމްބަރު 2025 | ބުދަ | 5:04

މަސް ގަތުމުގެ ލައިސަންސް ބޭރު ފަރާތްތަކަށް ދީ، ސަރުކާރުން މަސް ގަތުމުގެ ވިޔަފާރިން އެއްފަރާތްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން 'އެކްސް'ގައި ނަޝީދު ލިޔުއްވި ޕޯސްޓެއްގައި ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދަން އެދޭނަމަ، ރޯ މަސް، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުން މަދުކުރަން ޖެހޭ ކަމަށެވެ.

ހަމައެހެންމެ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދަން އެދޭނަމަ، މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުގެ ކޯލްޑް ސްޓޯރޭޖު ބޮޑުކޮށް، އޮޑިދޯނި ފަހަރު ހިންގަން ދާ ޚަރަދު ކުޑަކުރަން ޖެހޭކަމަށް ނަޝީދު ލިޔުއްވިއެވެ.

މައުޟޫޢުތަށް