ދަރިވަރަކާ ޓީޗަރަކާ ދެމެދު ހިނގި ތަޅައިފޮޅުމުގައި ގިނަ ބަޔަކު ދިފާއުކުރަނީ ޓީޗަރު

ސަން

10 ޑިސެމްބަރު 2025 | ބުދަ | 11:48

ރާއްޖޭގެ ދެކުނުގެ ސްކޫލެއްގައި މަތީ ގުރޭޑެއްގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ގިނަ ބަޔަކު ބިދޭސީ ޓީޗަރު ދިފާއުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގީ މިއަދު މެންދުރު 12 ޖަހާކަން ހާއިރެވެ.

ސޯޝަލް މީޑިއާގައި ދައުރުވި 47 ސިކުންތުގެ ވީޑިއޯއަކުން ފެންނަނީ ކިލާސްރޫމެއްގައި ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގަންނަ މަންޒަރެވެ. އެއަށްފަހު، ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހަން މަސައްކަތްކުރުމުން ޓީޗަރު ދަރިވަރު ދުރަށް ޖައްސަން އުޅުނު މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އޭގެ ފަހުން ފިރިހެން ދަރިވަރު ޓީޗަރުގެ ގައިގައި ޖެހުމާއެކު، ރައްދުގައި ޓީޗަރު ކުއްޖާ ގައިގައި ބާރަށް އަތްލައެވެ.

މައުޟޫޢުތަށް