ޓީޗަރުންނާއި ނަރުހުންގެ މުސާރައިގެ ބަހުސް: މުސާރައިގެ އޮނިގަނޑު ހަދާއިރު އެމްކިޔުއޭގެ ބަހެއް ހޯދުން މުހިންމު
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 10:53
ސެޓްފިކެޓަށް ބަލާއިރު ހަމަހަމަވި ނަމަވެސް, ނަރުހުންގެ މުސާރައާއި ޓީޗަރުންގެ މުސާރައިގެ ތަފާތު މާ ބޮޑު ކަމަށް ބުނާ ބަހުސް އަނެއްކާ ވެސް ފަށާފައިވާއިރު, މުސާރައިގެ އޮނިގަނޑު ހަދާއިރު, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ބަހެއް ހޯދުން މުހިންމު ކަމަށް އެ އޮތީރިޓީން މިއަދު ބުނެފިއެވެ.
ވަރަށް ބުރަ މަސައްކަތްތަކެއް ނަމަވެސް, ކުޑަ މުސާރައެއްގައި ކުރިން މަސައްކަތް ކުރަން ޖެހުމުން, ޓީޗަރުންނާއި ނަރުހުންގެ ދާއިރާ ދޫކޮށް ދިވެހީން ދިއުން އޭރު އޮތީ ވަރަށް އިތުރުވެފައެވެ. ޚާއްސަކޮށް ޓީޗިންގެ ދާއިރާއާ ގުޅޭނެ ދިވެހިން ލިބޭ މިންވަރު އޮތީ ވަރަށް މަދުވެފައެވެ.
ޓީޗަރުންތަކެއް: މިދިޔަ އަހަރު ރާއްޖޭގައި 2،000އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދިން --- ފޮޓޯ/ ޕީއެސްއެމް