މަސްވެރިންގެ އިހުތިޖާޖު: ފުލުހުން ދޯނިތަކަށް އަރައި މީހުން ހައްޔަރު ކުރަން ފަށައިފި
ސަން
11 ޑިސެމްބަރު 2025 | ބުރާސްފަތި | 11:51
ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރަމުން އަންނަ އިހުތިޖާޖުގައި ބޭނުންކުރަމުން އަންނަ ދޯނިތަކަށް ފުލުހުން އަރައި، ބިދޭސީ ފަޅުވެރިން ހައްޔަރުކުރަން ފަށައިފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ އިއްޔެ ހެނދުނު 09:00ގައެވެ. އެ ޔޫނިއަނުން ވަނީ ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރަން ދައްކާ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެފައެވެ.
މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް އެ ޔޫނިއަނުން ބުނެފައިވާއިރު، ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމަށް ފުލުހުން އިންޒާރުދީފައިވާ ކަމަށް އެ ޔޫނިއަނުން އިއްޔެ ބުނެފައިވެއެވެ.